އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕް 2026 ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕް 2026 މިއަދު ފަށައިފިއެވެ.
މިމުބާރާތުގައި މިއަދު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރޫީ، އޭދަފުއްޓާއި ގޮއިދޫއެވެ.
މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ، ތުޅާދޫ އާއި ފެހެންދޫއެވެ.
މި މުބާރާތުގައި ރ އަތޮޅުން ބައިވެރިވެފައިވާ 2 ޓީމް، އިނގުރައިދޫ އަދި ދުވާފަރު ބައްދަލުކުރާ މެޗު އޮންނާނީ 19 އޮގަސްޓްގެ ރޭގަނޑު 20:30 ގައި އިނގުރައިދޫ ފުޓްސަލް ދަނޑުގައެވެ.
ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ 2 ކުޅުންތެރިން،އަލީ ހާފިޒް (ހާއްޕެ) އަދި މުހައްމަދު އިޝާމް (ސަންޓޭ) ފެންނާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރާ މިމެޗަކީ މުޅި އަތޮޅުގެ އިތުރުން މުޅި ރާއްޖެ ވެސް އެ މެޗަކަށް އިންތިޒާރު ކުރާނެ މެޗެއްކަން ޔަޤީނެވެ.
54 ޓީމަކުން އަތޮޅު ބުރުގައި 76 މެޗެއް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ދާނީ 06 އޮގަސްޓް އިން 14 ސެޕްޓެމްބަރަށެވެ.
އަތޮޅު ބުރަށް ފަހު ޒޯން ކުޅެ، ރީޖަން ލީގު އަދި ޤައުމީ ޗެންޕިއަންޝިޕް އަދި އަންނަ އަހަރު ބާއްވާ ފުޓްސަލް ލީގްއަށް ދިއުމުގެ ފުރުސަތު ލިބޭ ގޮތަށް، ރާއްޖޭގެ ފުޓްސަލް އިތުރަށް ކުރިއެރިވުމަށް އެފްއޭއެމް އިން މުޅިން އަލަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މުބާރާތެއް ކަމުން މި މުބާރާތް ވެގެން ދާނީ މިހާތަނަށް ކުޅެވޭ އެންމެ ފޯރިގަދަ މުބާރާތަށް ކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.
ޚަބަރު ލިޔުނީ: ހަސަން ސާތިޢު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް