classified
ރާއްޖެ

ތިލަފުށީ ކުނިގޮނޑުގައި ރޯވި އަލިފާން ނުނިވި އަނދާތާ ހަފްތާއެއް ވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ތިލަފުށީ ކުނިގޮނޑުގައި ރޯވި އަލިފާން ނުނިވި އަނދާތާ ހަފްތާއެއް ވެއްޖެ

ތިލަފުށި --

ތިލަފުށި ކުނި ގޮނޑުގައި ރޯވި އަލިފާން ނުނިވި އަނދަމުންދާތާ ހަފްތާއެއް ވެއްޖެއެވެ.

ތިލަފުށީ ކުނިގޮނޑުގައި އަލިފާން ރޯވެފައި ވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭގައެވެ. އެމްއެންޑީއެފުން މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ، އަލިފާންގަނޑު އާދީއްތަ ދުވަހުގެ ހެނދުނު 8:00 ހާއިރު ކޮންޓްރޯލް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އަލިފާން މުޅިން ނިއްވައި ނުލެވޭ ކަމުގައި އެދުވަހުވެސް އެމްއެންޑީއެފުން ވިދާޅުވެފައި ވެއެވެ.

އަލިފާން ރޯވިތާ ހަފްތާއެއް ވީއިރުވެސް، އަދިވެސް ތިލަފުށި ކުނިގޮނޑު ނުނިވި އަނދަމުންދާއިރު، ބޯކޮށް ދުންވެސް އަރަމުން ދެއެވެ.

ވެމްކޯ ތިލަފުށީ ސައިޓްގައި ހިނގި ހާދިސާ އާއި ގުޅިގެން މާލެ ސަރަހައްދުގެ ގޭބިސީތަކުގައި އުފެދޭ ބަދިގެ ކުންޏާއި ކަރުދާސްފޮށި ފިޔަވައި އެހެން ކުނި ނެގުން މެދު ކަނޑާލާފައިވާ ކަމުގައި ވެމްކޯއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް