classified
ރަށްރަށުން

ނަރުދޫ އަކީ ކުޅިވަރުގެ ރޮނގުން ނަގާކިޔޭ ރަށެއް: ސްޕޯޓްސް ކޮމިޝަނަރު ތޮލާލް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނަރުދޫ އަކީ ކުޅިވަރުގެ ރޮނގުން ނަގާކިޔޭ ރަށެއް: ސްޕޯޓްސް ކޮމިޝަނަރު ތޮލާލް

ނަރުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ކައުންސިލްކަޕް" ފުޓްސަލް މުބާރާތުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތަލާލް ވާހަކަދައްކަވަނީ -- ފޮޓޯ: ރަށު ރިޕޯޓަރ- ޙަސަން ޝުޖާޢު/ ށ. ނަރުދޫ 

ށ. ނަރުދޫ އަކީ ކުޅިވަރުގެ ރޮނގުން ސަރަހައްދުގައި ނަގާކިޔޭ ރަށެއް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ތޮލާލް މިހެން ވިދާޅުވީ ނަރުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ކައުންސިލްކަޕް" ފުޓްސަލް މުބާރާތުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޮލާލް ވަނީ އެ ރަށުގެ ކުޅިވަރުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވަން މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ތޮލާލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ނަރުދޫގެ ފުޓްސަލް ދަނޑުގެ ފެންސާއި، ޓާފް މަރާމާތުކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދަކަށްވާއިރު، އެ މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން، ނަރުދޫގެ ބޮޑު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ ކޮންސެޕްޓްގެ ތެރެއަށް ރަށު ކައުންސިލުގެ އިރުޝާދާ އެކު ވަށާފާރު އިތުރުކޮށް، ރޮސްޓްރޮމް އިތުރު ކުރުމުގެ ބަދަލުތައް ހިމަނުއްވާނެކަމަށް ތަލާލް ވިދާޅުވިއެވެ.

ނަރުދޫގެ ގިނަ ރައްޔިތުން ސިފަކުރާ ގޮތުގައި އެ ރަށު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކައުންސިލް ކަޕް ފުޓްސަލް މުބާރާތަކީ ކޮންމެ އަހަރަކު އަންނަ ކުޅިވަރުގެ އީދެކެވެ. އެގޮތުން މި އަހަރުގެ މުބާރާތުގައި ޖުމްލަ 6 ޓީމު ވާދަކުރާއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރ. އަދި ރަނަރއަޕް ޓީމަށް 15000 ރ. ލިބޭގޮތައް ވަނީ އިންތިޒާމްކޮށްފައެވެ.

 ހަބަރު ލިޔުނީ: ރަށު ރިޕޯޓަރ- ޙަސަން ޝުޖާޢު/ ށ. ނަރުދޫ 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް