ހުރާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ 15 މީހުން ދިރިއުޅޭ އިމާރާތެއްގައި --- ފޮޓޯ: އެންޑީއެމްއޭ
ކ. ހުރާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތުދޭ ގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އެ އިދާރާާއަށް ލިބުނީ ރޭ ދަންވަރު 01:18 ހާއިރެވެ.
ފުލުހުން އިތުރަށް ވިދާޅުވީ އެ އިދާރާއާއި އެ ރަށުގެ ރައްޔިތުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް، ހާދިސާގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކުރި ދިވެހި އަންހެނަކަށް އެ ރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާކަމށް ފުލުހުންގެ އިދާރާއިން މައުލޫމާތުދިނެވެ.
ނަމަވެސް، އެންޑީއެމްއޭއިން ވަނީ އެ ރަށުގެ ކައުންސިލާއި ހަވާލާދީ އެ ހާދިސާގައި އެ ގޭގައި ދިރިއުޅޭ މީހެއްގެ އަތް ފިހިގެން ފަރުވާދީފައިވާކަމަށް ވިދާޅުވެފައެވެ،
އަދި އެ ގޭގައި ދިރިއުޅުނު 15 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ރަށު ކައުންސިލާއި ގުޅިގެން ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
މި ހާދސާގައި އެ ގޭގެ އިމާރާތަށާއި މުދަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް