އޮގަސްޓް 31 ގެ ކުރިން ޑިސެމްބަރު ޢުމްރާއަށް ފައިސާ ދައްކާ ފަރާތްތަކަށް ޤުބާއިން 2000ރގެ ޑިސްކައުންޓް ލިބޭނެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޤުބާ ހައްޖު އެންޑް އުމްރާ މޯލްޑިވްސްގެ 2026 ޖުލައި އުމްރާ ދަތުރުގެ ބައިވެރިން ގެފުޅުގެ އުރަކޮޅު ކިސްވާ ވިޔާ ފެކްޓްރީއަށް ކުރި ޒިޔާރަތުގެ ތެރެއިން ---
ޤުބާ ހައްޖު އެންޑް އުމްރާ މޯލްޑިވްސްއާއެކު، މިއަހަރުގެ ޑިސެމްބަރު މަހުގެ އުމްރާއަށް ވަޑައިގެންނެވުމަށް، ފައިސާ ދައްކަވާ ފަރާތްތަކުގެ ތެރެއިން އޮގަސްޓް މަހުގެ 31ގެ ކުރިން ފައިސާ ދައްކަވާ ހުރިހާ ފަރާތްތަކަށްވެސް 2000ރ ގެ ޑިސްކައުންޓެއް ލިބޭނެ ކަމުގައި އެޖަމާޢަތުން ހާމަކޮށްފިއެވެ.
ޤުބާ ހައްޖު އެންޑް އުމްރާ މޯލްޑިވްސްގެ ޑިސެމްބަރު މަހުގެ ޢުމްރާ ދަތުރުގެ ބައިވެރިން މާލެއިން ފުރާނީ، ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. އަދި އެނބުރި މާލެއަށް އަންނާނީ 2027 ޖެނުއަރީ މަހުގެ 04 ވަނަ ދުވަހުގައެވެ. ޢުމްރާވެރިންނަށް ގުރޫޕްގެ ފަރާތުން 3 އުމްރާކޮށްދޭނެއެވެ. އަދި އެއަށްވުރެ ގިނައިން އުމްރާވާން ބޭނުންވާ ފަރާތްތަކަށް އުމްރާވުމަށް އިންތިޒާމްތައް ގުރޫޕްގެ ފަރާތުން ހަމަޖައްސައިދޭނއެވެ.
ޤުބާ ހައްޖު އެންޑް އުމްރާ މޯލްޑިވްސްއާއެކު އުމްރާއަށްދާ ފަރާތްތަކުން މައްކާގައި ތިބޭނީ، 5 ވަރަކަށް މިނިޓުން ހިނގާލާފައި ހަރަމަށް ވަދެވޭހައި ކައިރީގައި، އަޖުވަދު އަޖިޔާދު ރޯޑުގައި ހުންނަ ހޮޓަލެއްގައެވެ. އަދި މަދީނާގައިވެސް ތިބޭނީ ދެތިން މިނިޓްގެ ތެރޭގައި މަދީނާ ޙަރަމަށް ވަދެވޭހައި ކަރީގައި ހުންނަ ހޮޓަލެއްގައެވެ.
މައްކާގައި ތިބޭ ދުވަސްތަކުގައި، ޖިއްދާއަށާއި، ޠާއިފަށްވެސް ދަތުރު ކުރާއިރު، މައްކާގައިވާ އިސްލާމްދީނުގެ މުހިއްމު ތާރީޚީ ތަންތަނަށް ޒިޔާރަތް ކުރެވޭނެއެވެ. އޭގެ ތެރޭގައި ޘައުރު ފަރުބަދަ އާއި ހިރާ ފަރުބަދަ އާއި، ޢަރަފާތުގެ އިތުރުން، ހިރާ މިއުޒިއަމް އަށާއި، އަލްހަރަމައިނި މިއުޒިއަމްގެ އިތުރުން ގެފުޅުގެ އުރަކޮޅު ކިސްވާ ވިޔާ ފެކްޓްރީއަށް ޒިޔާރަތް ކުރުމަށްވެސް ފުރުޞަތު ލިބޭނެއެވެ.
މަދީނާގައި ތިބޭ ދުވަސްވަރު ޤުބާ މިސްކިތަށާއި، އުޙުދުގެ މައިދާނުގެ އިތުރުން މަދީނާގެ މުހިއްމު އެހެން ތަންތަނަށްވެސް ޒިޔާރަތްކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
ރާއްޖޭގައި ޑޮލަރުގެ އަގު އުފުލެމުން ދިޔުމާއިއެކު، ޑިސެމްބަރު މަހުގެ އުމްރާ ދަތުރުގެ އަގަކީ، މިހާރު 31500ރ އެވެ. އެހެން ނަމަވެސް އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ކުރިން ޑިސެމްބަރު މަހުގެ އުމްރާއަށް ފައިސާ ދައްކަވާ ކޮންމެ ފަރާތަކަށް 2000ރ ގެ ޑިސްކައުންޓެއް ލިބޭނެއެވެ.
ޢުމްރާ ދަތުރުތަކާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 7826717 ނުވަތަ 9479504އަށް ގުޅުއްވުމުން މައުލޫމާތު ލިބޭނެ ކަމުގައި އެ ޖަމާޢަތުން ވަނީ ބުނެފައެވެ.
ޤުބާ ހައްޖު އެންޑް އުމްރާ މޯލްޑިވްސްއަކީ، 2025 ވަނަ އަހަރު، އެންމެ ރަނގަޅު އުމްރާ ގުރޫޕްތަކުގެ ތެރޭގައި ހިމެނޭ ގުރޫޕެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފާހަގަކުރައްވައި، ސެޓިފިކެޓްވެސް ދެއްވާފައިވާ ގުރޫޕެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް