ރާއްޖެ

ރޭމްޕް މަތިން ވެއްޓި ވެމްކޯގެ މުވައްޒަފަކު ސީރިއަސް ހާލަތުގައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރޭމްޕް މަތިން ވެއްޓި ވެމްކޯގެ މުވައްޒަފަކު ސީރިއަސް ހާލަތުގައި

ފޮޓޯ ސޯޝަލްމީޑިއާ

ވެމްކޯގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު މަސައްކަތުގައި އުޅެނިކޮށް ރޭމްޕްމަތިން ކޮންޓައިނާއެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވެއްޖެއެވެ.

އެކަމުގެ މައުލޫމާތު ލިބިފައިވާ އިތުބާރު ހުރި ފަރާތަކުން ކިޔައިދިން ގޮތުގައި މިއެކްސިޑެންޓް ހިނގާފައި ވަނީ، އާދީއްތަ ދުވަހުގެ ރޭ މެންދަމު 3:00 ހާއިރުގައެވެ. މިހާދިސާގައި އަނިޔާވެފައި ވަނީ، ވެމްކޯގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 42 އަހަރުގެ ހަސަން ނާޒިރު ނަމަކަށް ކިޔާ މުވައްޒަފަކަށެވެ. އެހެން ނަމަވެސް މި އެކްސިޑެންޓާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ވެމްކޯއިންވެސް އަދި ފުލުހުންވެސް ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް އުމުރުން 42 އަހަރުގެ ފިރިހެނަކަށް އެކްސިޑެންޓެއްގައި އަނިޔާވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން އަންނަ ކަމުގައި އެހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

މިއެކްސިޑެންޓްގެ މައްސަލަ ބައެއް ފަރާތްތަކުން އެންމެ ފުރަތަމަ ހާމަކޮށްފައި ވަނީ ސޯޝަލް މީޑިއާގައެވެ.

ހުސްވި ޖެނުއަރީމަހުވެސް ތިލަފުށީ ސައިޓްގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ބިދޭސީ މުވައްޒަފަކު މަރުވެފައި ވެއެވެ. އެމައްސަލައިގައި ފުލުހުން ވެމްކޯގައި މަސައްކަތް ކުރާ ބިދޭސީ ޑްރައިވަރަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

އާދީއްތަ ދުވަހުގެ ރޭގައި ހިނގި އެކްސިޑެންޓާއި ގުޅޭ ގޮތުން ފުުލުހުންވެސް މިހާތަނަށް މީޑިއާއަށް އެއްވެސް މައުލޫމާތެއް ޙިއްސާކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް