ލ. ގަމުން މީހަކު ގެއްލިގެން ހޯދަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ގެއްލިގެން ހޯދަމުންދާ ޒުވާނާ --
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގެއްލިގެން ހޯދަމުން އަންނަނީ، އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ލ. ގަން ކައުންސިލް ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ، ލ. ގަން / ތުނޑި، ކުރިބޯށި، އަމްޖާޒް އަލީއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:14 އެހައިކަންހާއިރު ކަމަށެވެ. އަދި ރޭގެ މެންދަމު 2:00 އިން ފެށިގެން އޭނާގެ އެއްވެސް ޚަބަރެއް ނުވާކަމަށް މައުލޫމާތު ދީފައިވާ ކަމުގައި ވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ. މިގޮތުން ކުރި މަސައްކަތުން، އޭނާ ދުއްވި ސައިކަލު ލ. ގަން ރިވެރީޒް ބީޗް ސަރަހައްދުން ވަނީ ފެނިފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ހައްދުންމަތީ ގަމަކީ ރާއްޖޭގެ އެންމެ ބިން ބޮޑުރަށެވެ. 514 ހެކްޓަރުގެ ގަމުގެ ތިން އަވަށެއްގައި މީހުން ދިރިއުޅެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް