classified
ރާއްޖެ

ޖަނަރޭޓަރެއްގައި ރޯވެ ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޖަނަރޭޓަރެއްގައި ރޯވެ ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާން ރޯވި ޖެނެރޭޓަރު --- ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލޭގައި، އަމިއްލަ ކުންފުންޏަކުން ވެލްޑިންގ މަސައްކަތެއް ކުރުމަށް ހިންގާފައި ހުރި ކުޑަ ޖަނަރޭޓަރެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ، އިއްޔެ އިރު އޮއްސުނު ވަގުތު ހުޅުމާލެ ފޭސް 1 ގައި ކަމަށެވެ. ހާދިސާ އެމްއެންޑިއެފަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ 18:39 ހާއިރުގައި ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމްްއެންޑީއެފުން ވިދާޅުވީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ހާދިސާގެ މައުލޫމާތު ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ  18:49 ހާއިރުގައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް