Post banner
ރާއްޖެ

ބޯހިޔާވަހި ކަމުގެ ސްކީމްތަކަށް ފޯމު ހުށައެޅުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބޯހިޔާވަހި ކަމުގެ ސްކީމްތަކަށް ފޯމު ހުށައެޅުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކޮށްފައިވާ ހުޅުމާލެ ފޭސް 3 -- ފޮޓޯ: ހައުސިންގ މިނިސްޓްރީ

މިސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ފޯމު ހުށައެޅުމަށް ދީފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މިފަހަރު މުއްދަތު އިތުރުކޮށްދީފައި ވަނީ މިފެށޭ ޖޫންމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ކުރިން އޮތް ގޮތުން އެމުއްދަތު ހަމަވާނީ، މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަޟްޙާ ޢީދަކީ ގިނަ ފަރާތްތަކަކުން ޢާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށްޓަކައި ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއި، ޢީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ވެފައިވުމާއެކު، ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާކަމަށް ގިނަ އަދަދެއްގެ ފަރާތްތަކުން މިނިސްޓްރީއަށް ޝަކުވާ ހުށަހައަޅަމުންދާތީ ކަމަށެވެ.

އެމިނިސްޓްރީން ވަނީ، ހުރިހާ ފަރާތްތަކަކުންވެސް ފޯމު ހުށަހެޅުއްވުމުގެ ކުރިން ފޯމު ފުރިހަމަކޮށްލައްވާފައިވަނީ އެޕްލިކޭޝަން ހުށަހަޅަން އެދޭ ސްކީމަށްތޯއާއި، ލިޔެކިއުންތަކާއި މަޢުލޫމާތުތައް ފުރިހަމަކުރެވިފައިވަނީ ރަނގަޅަށްތޯ ކަށަވަރުކުރެއްވުމަށްފަހު، ފޯމު ހުށަހެޅުމަށް ހުޅުވާލައިފައިވާ މުއްދަތުގެ ތެރޭގައި، ފޯމު ހުށަހެޅުއްވުމަށް ސަމާލުކަންދެއްވުން އެދޭ ކަމަށެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވަން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުއްވިފައިވާކަން ޕޯޓަލުން ކަށަވަރުކުރެއްވުމަށް ސަމާލުކަން ދިނުމަށްވެސް އެދޭ ކަމުގައި އެމިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުގައި މިވަގުތު ކުރިޔަށް ގެންދާ ސްކީމްތަކުގެ ތެރޭގައި، ގޯއްޗާއި ފްލެޓްގެ ސްކީމްތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް