އެމޭޒަން ކާގޯ މަތިންދާބޯޓެއް ރަންވޭއިން ކަހާލައި 5 މީހުން މަރުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއާމީ އެއާޕޯޓުގައި ހިނގި އެކްސިޑެންޓް -- ފޮޓޯ: ބީބީސީ
އެމެރިކާގެ މިއާމީ އެއާޕޯޓަށް ޖެއްސި އެމޭޒަން ކާގޯ މަތިންދާ ބޯޓެއް ރަންވޭ މަތިން ކަހާލައި، އެއާޕޯޓު ޕާކިން ލޮޓުގައި ކުރި ކާރުތަކެއްގައި ޖެހި 5 މީހުން މަރުވެއްޖެއެވެ.
މިހާދިސާގައި އިތުރު 5 މީހަކު ޒަޚަމްވެފައި ވާއިރު އެމީހުންގެ ހާލު ސީރިއަސް ކަމުގައިވެސް ދުނިޔޭގެ ބޮޑެތި މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
އެކްސިޑެންޓްވި ބޯޓަކީ، ބޯއިންގ 300-767 މަރުކާގެ މަތިންދާ ބޯޓެކެވެ. މިހާދިސާ ހިނގީ އެމެރިކާއަށް މިއަދު މެންދުރު 2:00 ޖަހައި އެހާކަންހާއިރުގައެވެ.
މިހާދިސާ ހިނގީ، މިއާމީ އެއާޕޯޓަށް ޖެއްސި އެމޭޒަން ކާގޯ މަތިންދާ ބޯޓު ރަންވޭ ހުސްވި އިރުވެސް ކޮންޓްރޯލް ނުވެ ދިޔުމުގެ ސަބަބުންނެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަޙްޤީޤު ކުރަމުން އަންނަ ކަމުގައި، އެމެރިކާގެ ވައިގެ ދަތުރުފަތުރާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް