classified
ރާއްޖެ

މާރާމާރީ ހިންގި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ދެމީހުން ހައްޔަރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާރާމާރީ ހިންގި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ދެމީހުން ހައްޔަރުކޮށްފި

ފުލުހުންގެ އިދާރާ --

އިއްޔެ ޕީއެންސީން ކުރިޔަށް ގެންދިޔަ އިންތިޚާބުގެ ނަތީޖާއާއި މެދު ހިތްހަމަ ނުޖެހި ބަޔަކު، ހުޅުމާލެ ފޭސް 2ގައި ހުންނަ ކާމިލްދީދީ ޕްރީ ސްކޫލުގެ ތެރޭގައި ހިންގި މާރާމާރީ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރާމާރީގެ އެމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، އުމުރުން 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ މިރޭގައި ކަމަށް ފުލުހުން ހާމަކުރައްވާފައި ވެއެވެ.

ކާމިލްދީދީ ޕްރީ ސްކޫލުގެ ތެރޭގައި ޕީއެންސީގެ މެމްބަރުންތަކެއްގެ މެދުގައި ހިނގި އެ މާރާމާރީގައި އެސްކޫލުގެ ތަކެއްޗަށް ގެއްލުން ލިބުމުގެ އިތުރުން، ދޮރެއްގެ ބިއްލޫރިގަނޑެއްވެސް ތަޅައިގެން ދިޔައެވެ. އެހަމަނުޖެހުންތަކާއި ގުޅިގެން ޕީއެންސީން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ މާރާމާރީގެ އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް