classified
ދުނިޔެ

ޔޫރަޕުގައި ހޫނު ގަދަވުމުގެ ސަބަބުން 10،000 އަށް ވުރެއް ގިނަ މީހުން މަރުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޔޫރަޕުގައި ހޫނު ގަދަވުމުގެ ސަބަބުން 10،000 އަށް ވުރެއް ގިނަ މީހުން މަރުވެއްޖެ

ފްރާންސްގެ ބޮޑު ސަރަހައްދަކަށް ހޫނު ގަދަވެފައިވާއިރު ޕެރިސްގެ މަގުމަތީގައި މީހަކު ފިނިކުރަނީ --- ފޮޓޯ: ރޮއިޓާސް/އެލިސް ސަކޯ

ހުސްވި ޖޫން މަހުގެ ފަހުކޮޅު ޔޫރަޕްގެ ބޮޑު ސަރަހައްދަކަށް ކުރިމަތިވި އާދަޔާ ހިޔާފު ހޫނުގެ ސަބަބުން 10،000 އަށް ވުރެއް ގިނަ މީހުން މަރުވެއްޖެކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފިއެވެ.

ޔޫރަޕުގެ އާބާދީގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތް ބަލަހައްޓާ "ޔޫރޯމޯމޯ" އިން ހާމަކުރި މައުލޫމާތުން ފެންނަ ގޮތުގައި ޔޫރަޕުގެ ގަދަ ހޫނުގެ ސަބަބުން މަރުވި މީހުންގެ ތެރެއިން 9،000 އަށް ވުރެއް ގިނަ މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އަދި މި ހޫނުގެ ސަބަބުން ޖުމްލަ 10،650 މީހުންނަށް ވުރެއް ގިނަ މީހުން ވަނީ މަރުވެފައެވެ.

ގަދަ ހޫނުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ހީޓް ސްޓްރޯކް ޖެހުމާއި،ހިތުގެ ބަލިތަކާއި ނޭވާލާ ނިޒާމުގެ ބަލިތައް އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑުވާކަމަށް ޑޮކްޓަރުން ބުނެއެވެ.

"ޔޫރޯ މޯމޯ" އިން އާންމުކުރި ތަފާސްހިސާބުތަކުގައި ޔޫރަޕްގެ ވަކި ވަކި ގައުމުތަކުގެ ނަންބަރުތައް އާންމު ނުކުރި ނަމަވެސް، ޖޫން މަހުގެ ފަހު ހަފްތާގައި ފްރާންސާއި ބެލްޖިއަމްގައި އާދަޔާ ހިލާފަށް މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އަދި ބެލްޖިއަމްގެ ޕަބްލިކް ހެލްތް އިންސްޓިޓިއުޓްގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި މިއީ 2000 ވަނަ އަހަރުގެ ފަހުން ހޫނު ގަދަވުމުގެ ސަބަބުން އެ ގައުމުގައި އެންމެ ގިނަ މީހުން މަރުވި ފަހަރެވެ.

ސައިންސްޓިސްޓުން ބުނާ ގޮތުގައި މިގޮތައް ދުނިޔެ ހޫނުވަނީ އިންސާނުންގެ އަމަލުތަކާއި ހެދިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހޫނު ދުވަސްތައް އިތުރުވާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް