އެކްސިޑެންޓްވީ ސައިކަލެއް ވަގަށް ނަގައި ތިންމީހުން އަރައިގެން ވަންވޭ ފަޅާފައި ދަނިކޮށް - ފުލުހުން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ --
ރޭ މެންދަމު ހުޅުމާލޭގައި ދެ ސައިލަކެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލަކީ، ތިން މީހުން އަރައިގެން ދުއްވި ސައިކަލެއް ކަމަށާއި، އެސައިކަލު ދުއްވީވެސް ލައިސަންސްވެސް ނެތް މީހެއް ކަމަށެވެ. އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމުގައި ބެލެވޭ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވަނީ، މިއެކްސިޑެންޓް ހިނގާފައި ވަނީ، ތިން މީހުން އަރައިގެން ދުއްވި އެ ސައިކަލު ވަންވޭފަޅާފައި މަގަށް ނުކުތް ވަގުތު އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ.
މިއެކްސިޑެންޓް ހިނގާފައި ވަނީ، ހުޅުމާލެ ފޭސް 2 ގައި ރޭ މެންދަމުން އަލިވެ، 02:55 އެހައިކަންހާއިރު ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
މިއެކްސިޑެންޓްގައި 5 މީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައި ވާއިރު، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އެމީހުން މިހާރު ވަނީ، އައިޖީއެމްހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
ފުލުހުން ވިދާޅުވީ، މިހާދިސާ ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް