Post banner
ރާއްޖެ

ފޯމު ހުށަހެޅުން އޮންލައިން ނިޒާމަކަށް ބަދަލުކުރީ ލުއިކުރަން: އީސީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފޯމު ހުށަހެޅުން އޮންލައިން ނިޒާމަކަށް ބަދަލުކުރީ ލުއިކުރަން: އީސީ

އިންތިޚާބުގެ ތައްޔާރީތަކުގެ ތެރެއިން -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުން، އޮންލައިން ނިޒާމަކަށް ބަދަލުކުރީ ޚިދުމަތް ދިނުން ލުއކޮށް ފަސޭހަ ކުރަން ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ވިދާޅުވީ، އެއީ މި ކޮމިޝަނުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ޢާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ކޮމިޝަނުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރެވުނު މަސައްކަތުގެ ބައެއް ކަމަށެވެ. އެގޮތުން މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މި އައު ނިޒާމަށް ރައްޔިތުންގެ އިތުބާރުލިބި، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މިގޮތުން މީގެ ކުރީގެ އިންތިޚާބުތަކާ އަޅާބަލާއިރު، މިފަހަރު އިންތިޚާބުކުރާ މަޤާމުގެ އަދަދު މަދުވި ނަމަވެސް، ކުރިމަތިލާފައިވާ މީހުންގެ ނިސްބަތް ކުރީގެ އަހަރުތަކަށްވުރެ އިތުރުކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ހޮނިހިރު ދުވަހުގެރޭ 8 ޖެހުމާއި ހަމައަށް، ޖުމްލަ3,498 ވުރެ ގިނަ މީހުން ވަނީ ކެންޑިޑެންސީ ފޯމު ހުށައަޅާފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް