Post banner
ރާއްޖެ

ހޮހަޅައިގެ ތެރޭގައި މަރުވި ހުރިހާ ޑައިވަރުންގެ ހަށިތައް ނަގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހޮހަޅައިގެ ތެރޭގައި މަރުވި ހުރިހާ ޑައިވަރުންގެ ހަށިތައް ނަގައިފި

ގެއްލުނު ޑައިވަރުން ހޯދުމަށް ހިންގި އޮޕަރޭޝަނުގެ ތެރެއިން --- ފޮޓޯ: ސޯޝަލް މީޑިއާ

ވ. އަލިމަތާ ކައިރިން ކަނޑުގެ 58 މީޓަރު އަޑީގައި ހުރި ހޮހަޅައިގެ ތެރޭގައި މަރުވި އިޓަލީގެ ހުރިހާ ޑައިވަރުންގެ ހަށިތައްވެސް ނަގައިފިއެވެ.

މިދިޔަ ބްރާސްފަތި އެ ހޮހަޅައިގެ ތެރެއަށް ފީނި، 5 ޑައިވަރުން ގެއްލިގެން، އެމްއެންޑީއެފަށާއި، ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މެންދުރު ފަހު 13:45 ހާއިރުގައެވެ.

ގެއްލުނު 5 ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނުނީ، އެދުވަހުގެ 18:15 ހާއިރު، ގެއްލުނު މީހުން ހޯދުމަށް ފީނި ސަފާރީގެ ޑައިވަރަކަށެވެ. ފެނުނު އިރުވެސް އޭނާ އޮތީ މަރުވެފައެވެ. ގެއްލުނު އަނެއް 4 ޑައިވަރުން ހޯދުމަށް ފީނުމުގެ ތެރޭގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރު، މުޙައްމަދު މަޙުދީ ނިޔާވީ، ހޮނިހިރު ދުވަހުގައެވެ. މަހުދީގެ ހަށިގަނޑު ނެގީ ފުލުހުންގެ މެރިންކޯގެ ޑައިވަރުން ފީނައިގެންނެވެ.

ހޮހަޅައިގެ ތެރޭގައި އޮތް އިޓަލީގެ 4 ޓުއަރިސްޓުންގެ ހަށިތައް ނަގާފައި ވަނީ، އިޓަލީ ސަރުކާރުން ރާއްޖެއަށް ފޮނުވި ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމުންނެވެ. އެޓީމުގެ މަސައްކަތުން ހޮހަޅައިގެ ތެރެއިން އިއްޔެ ދެމީހެއްގެ ހަށިގަނޑު ނެގި އިރު، ހޮހަޅައިގައި ދެން އޮތް ދެމީހުންގެ ހަށިގަނޑު ނަގާފައި ވަނީ މިއަދުއެވެ.

މިހާދިސާ އާއި ގުޅިގެން އިޓަލީ ސަރުކާރުންވެސް ވަނީ، ޚާއްޞަ ތަޙްޤީޤެއް ފަށާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް