ހައިކޯޓުން ޝިޔާމަށް ކާމިޔާބު: 12 އަހަރު ދުވަހުގެ މުސާރަ އާއިއެކު ފުލުހުގައި ހުރި ވަޒީފާ އަނބުރާދިނުމަށް އަންގައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ މަޤާމުގައި ހުއްޓައި، 2014 ވަނަ އަހަރު މަޤާމުން ވަކިކުރި، އަޙްމަދު ޝިޔާމް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ، ރަނގަޅަށް ނޫންކަމަށް ކަނޑައަޅައި، އޭނާ ވަޒީފާއިން ވަކިކުރިފަހުން މިއަދާހަމައަށް ވޭތުވި މުއްދަތުގެ މުސާރަ އާއިއެކު ވަޒީފާ އިޢާދަކޮށްދިނުމަށް އަންގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި މިމައްސަލައިގެ ޙުކުމް އިއްވާފައި ވަނީ މިއަދުއެވެ.
ހައިކޯޓުގެ ޙުކުމުގައި ވަނީ، ޝިޔާމް ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުމަކީ ބާޠިލް ނިންމުމެއް ކަމުގައި ކަނޑައަޅާފައެވެ.
ފުލުހުންގެ ވަޒީފާއިން ޝިޔާމް ވަކިކޮށްފައި ވަނީ، 26 މޭ 2014 ގައެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ، ފުލުުންގެ ކޯޑު އޮފް ކޮންޓަކްޓާއި ކޯޑް އޮފް އެތިކްސްއާ ޚިލާފުވި ކަމަށެވެ. އެމައްސަލައިގައި އޭނާ ސަސްޕެންޑް ކުރި އިރު ހުންނެވީ، ފުލުހުންގެ އަޕަރ ސައުތު ޑިވިޝަންގެ ކޮމާންޑަރުގެ މަޤާމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް