ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މާދަމާ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން --- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މާދަމާ އޮންނާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން އޮންނާނީ މާދަމާ ހެނދުނު 10:00 ގައެވެ. މިގޮތުން ސިޓީތަކާއި ރަށްތަކުގައިވެސް މިކަން އޮންނާނީ އެއް ވަގުތެއްގައެވެ.
މާލޭގައި ކެނޑިޑޭޓުންގެ ގުރުއަތުނެގުން އޮންނާނީ އިންތިޚާބާއި ބެހޭ މައިމަރުކަޒު، ކުރީގެ ޑްރަގްކޯޓު ހިންގި އިމާރާތުގައެވެ.
ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުމުގައި ބައިވެރިވެވޭނީ ސީދާ ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓުންގެ ބަދަލުގައި އެކެނޑިޑޭޓަކު ކަނޑައަޅާ ފަރާތަކަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރެއެވެ. އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 4ވާ ހޮނިހިރު ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް