ރާއްޖެ

އިއްޔެގެ އޮޕަރޭޝަނުން ފެނުނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ އެންމެ މީހެއް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިއްޔެގެ އޮޕަރޭޝަނުން ފެނުނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ އެންމެ މީހެއް

އިމިގްރޭޝަނުން އިއްޔެ ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން --- ފޮޓޯ: އިމިގްރޭޝަން

ހުޅުމާލޭގައި ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، އެ އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައި ވަނީ، ހުޅުމާލެ ފޭސް 1 ގެ ސައިމާ ހިނގުމާއި ހައިވަކަރު މަގުގައި ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތުގައެވެ. ޓާސްކްފޯސްއިން ކުރިޔަށް ގެންދިޔަ އެއޮޕަރޭޝަންގައި ބަލައި ފާސްކޮށްފައި ވަނީ ޖުމުލަ 15 ބިދޭސީން ކަމަށާއި އޭގެ ތެރެއިން ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ކަމަށް ފާހަގަވެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެންމެ މީހެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެފައި ވެއެވެ.

މާލެ އާ ހުޅުމާލެ ހިމެނޭހެން ރާއްޖޭގައި އެތައް ހާސް ބިދޭސީންގެ ޤަވާއިދާއި ޚިލާފަށް އުޅެމުން އަންނައިރު، ކޮންމެ ސަރުކާރަކުންވެސް ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި ފިޔަވަޅުތައް އަޅައި އޮޕަރޭޝަންތައް ހިންގައެވެ. އެހެން ނަމަވެސް ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އެދެވޭ ހައްލެއް މިހާތަނަށް ހޯދިފައެއް ނެތެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް