classified
ރާއްޖެ

އެއާޕޯޓު ލައިޓް ކައިރީގައި ދެ އެކްސިޑެންޓެއް ހިނގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެއާޕޯޓު ލައިޓް ކައިރީގައި ދެ އެކްސިޑެންޓެއް ހިނގައިފި

ހުޅުލޭ ލައިޓް ޓްރެފިކް ޖަންކްޝަން -- ފޮޓޯ: ރައްޔިތުންގެ ނޫސް

މިއަދު ހެނދުނު އޮފީސްތަކަށް މީހުން ދިޔަ ވަގުތު، ހައިވޭ އާއި ބުރިޖު ގުޅޭ ސަރަހައްދުން އެއާޕޯޓު ލައިޓް ކައިރީގައި ދެ އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއެކްސިޑެންޓްތައް ހިނގާފައި ވަނީ މިއަދު ހެނދުނު 7:38 ހާއިރުގައި ކަމަށެވެ. އެކްސިޑެންޓްތައް ހިނގާފައި ވަނީ، މާލެއިން ހުޅުލެއަށް އަދި ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. ފުރަތަމަ އެކްސިޑެންޓް ހިނގީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި އަނިޔާވީ ސައިކަލުގައި އިން މީހާއަށެވެ. އެމީހާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރެއްވި ގޮތުގައި، ދެވަނަ އެކްސިޑެންޓް ހިނގާފައި ވަނީ، ހަމަ އެވަގުތު ލައިޓް ކައިރިން ދެ ސައިކަލު ޖެހިގެންނެވެ. އެ ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ވިއްސާރަ ދުވަސް ދުވަހު، ހައިވޭ އާއި ބުރިޖުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވާކަން ފާހަގަކުރެވިފައި ވެއެވެ. ފުލުހުންގެ އިދާރާއިންވެސް އަންނަނީ،

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް