Post banner
ދުނިޔެ

ޤަތަރުގެ ކުރީގެ އަމީރު ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޤަތަރުގެ ކުރީގެ އަމީރު ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ

ޤަތަރުގެ ކުރީގެ އަމީރު ޙަމަދު ބިން ޚަލީފާ އަލްޘާނީ ---

ގަތަރުގެ ކުރީގެ އަމީރު، ޝައިހު ހަމަދު ބިން ހަލީފާ އަލްޘާނީ އަވަހާރަވެއްޖެއެވެ.

ޤަތަރުގެ ރަސްމީ ފަރާތްތަކުން ޚަބަރުދީފައިވާ ގޮތުގައި އެމަނިކުފާނު އަވަހާރަވަީ އުމުރުފުޅުން 74 އަހަރުފުޅުގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

ޝައިހު ހަމަދު ބިން ހަލީފާ އަލްޘާނީ ޤަތަރުގެ އަމީރުކަމުގެ މަޤާމުފުރުއްވާފައި ވަނީ، 1995 ވަނަ އަހަރުން 2013 ވަނަ އަހަރަށެވެ. އެމަނިކުފާނުގެ އަމީރުކަމުގެ ދުވަސްވަރަކީ، ޤަޠަރަށް އިންޤިލާބީ ކުރިއެރުންތައް ލިބިގެން ދިޔަ ދައުރެކެވެ. މީގެ އިތުރުން މީޑިއާ އާއި ބްރޯޑްކާސްޓިންގ ދާއިރާއަށް ބަލާއިރު، ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީޑިއާ އަލްޖަޒީރާ އުފެއްދެވީވެސް އެމަނިކުފާނުގެ ދުވަސްވަރު، 1996 ވަނަ އަހަރުގައެވެ.

ދުސްތޫރީ ގޮތުން ޤަޠަރަށް ގެންނެވި އެންމެ ބޮޑު ބަދަލުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެޤައުމުގައި ޤާނޫނު އަސާސީއެއް އެކުލަވާލައި ތަންފީޒު ކުރަން ފެއްޓެވުންވެސް ފާހަގަކޮށްލެވެއެވެ.

ޝައިހު ހަމަދު ބިން ހަލީފާ އަލްޘާނީއަކީ، ދިވެހިރާއްޖެއަށްވެސް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅެކެވެ. މިގޮތުން މިސްކިތްތަކާއި ސްކޫލުތައް ބިނާކުރުމަށް އެމަނިކުފާނުގެ ދައުރުގައި ގިނަ އެހީތަކެއް ދެއްވާފައިވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެހީތަކުގެ ތެރޭގައި، ހުޅުމާލޭގެ އެންމެ ބޮޑު މިސްކިތް މަސްޖިދު މުޙައްމަދު ބިން ޤާސިމް ބިނާކުރުމާއި، ހައްދުން މަތީ ގަމުގައި ބިނާކުރި ޤަތަރު އަމީރު ސްކޫލު ފާހަގަކޮށްލެވެއެވެ. އެސްކޫލުގެ ރަސްމީ ނަމަކީވެސް، ޙަމަދުބިން ޚަލީފާ އަލްޘާނީ ސްކޫލެވެ.

ޤަތަރުގެ އަމީރު ކަމުގެ ބާރުތައް، އެމަނިކުފާނުގެ ދަރިކަލުން، ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީއަށް ދޫކޮށްލެއްވީ، 2013 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް