ދިވެހި ހައްޖުވެރިން މިހާރު ތިބީ ޢަރަފާތު ބިމުގައި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ މީހުން ޢަރަފާތު ބިމަށް އައުން ---
ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުން މިހާރު ތިބީ ޢަރަފާތު ބިމުގައި ކަމުގައި ހައްޖުކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑަިއރެކްޓަރ ޝަކީލް ވިދާޅުވީ، ދިވެހި ހައްޖުވެރިންނަށް، ޢަރަފާތު ބިމަށް އާދެވުނީ، ރޭ ފަތިހު ތިނެއް ޖެހި އިރު ކަމަށެވެ. އަދި ސިއްޙީ މައްސަލައަކާއި ގުޅިގެން މިނާގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ހައްޖުވެރިއަކު ފިޔަވައި އެހެން އެންމެ ރޭ ފަތިހު އަރަފާތަށް އައިސްފައިވާކަމުގައި ޝަކީލް ވިދާޅުވިއެވެ.
ޝަކީލު ވިދާޅުވީ، މިނާގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ދިވެހި ހައްޖުވެރިޔާވެސް، މިއަދު ޢަރަފާތުގައި ހައްޖުވެރިން ތިބުމަށް ކަނޑައަޅާފައިވާ ވަގުތުގައި ޢަރަފާތު ބިމަށް ގެންނާނެ ކަމަށެވެ. ހައްޖު ލިބޭނީ، ހައްޖު ދުވަހުގެ މެންދުރު އިރުމެދުން ފިލީއްސުރެ އިރު އޮއްސުމާއި ދެމެދު ޢަރަފާތު ބިމުގައި ކިތަންމެ ކުޑަވަގުތުކޮޅަކަށް ނަމަވެސް މަޑުކޮށްލެވުނު މީހަކަށެވެ.
މިއަހަރު ރާއްޖެއިން 1000 ވުރެ ގިނަ މީހުން ހައްޖަށް ދިޔައިރު، ހައްޖުވެރިން ޢަރަފާތުގައި ތިބޭ ފޭލިގޭގައި ޢަރަފާތު ދުވަހުގެ ޚުޠުބާ އިއްވާނީ، އައްޝައިޚް ޢިލްޔާސް ޙުސައިން ކަމުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހާމަކުރައްވާފައި ވެއެވެ. މިއަދު އަރަފާތުގައި ތިބުމަށް ފަހު، ދިވެހި ހައްޖުވެރިން މިރޭ ދެން ދާނީ މުޒުދަލިފާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް