classified
ރާއްޖެ

ނުރައްކާތެރިކޮށް ހައިވޭ އާއި ބުރިޖުގައި ދުއްވި ސައިކަލުތައް ޓޯވކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނުރައްކާތެރިކޮށް ހައިވޭ އާއި ބުރިޖުގައި ދުއްވި ސައިކަލުތައް ޓޯވކޮށްފި

ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ސައިކަލްތައް ޓޯވކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ގަވާއިދާ ހިލާފުވުމުގެ ސަބަބުން 3 ސައިކަލެއް ޓޯވކޮށްފައިވާ ކަމަށެވެ. އެ ސައިކަލުތައް ޓޯވކޮށްފައި ވަނީ މިއަދުންފެށިގެން އެއްމަސްދުވަހުގެ މުއްދަތަކަށް ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ސައިކަލްތައް ހޯދައި ޓޯވކޮށްފައިވާ ކަން ހާމަކުރީ، ހައިވޭ އާއި ސިނަމާލެ ބުރިޖުގައި ނުރައްކާތެރިކޮށް ބަޔަކު ސައިކަލު ދުއްވާ މަންޒަރުފެންނަ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި އާއްމުވެ އާއްމުން ކަންބޮޑުވުންފާޅުކޮށްފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް