Post banner
ރަށްރަށުން

އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެޗް.އައި.އޭ އޮޕަރޭޝަންސް ހޯދައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެޗް.އައި.އޭ އޮޕަރޭޝަންސް ހޯދައިފި

ހދ. ހަނިމާދޫ ކައުންސިލުން އިންތިޒާމުކޮށްގެން މިދިޔަ މަހު 28 ހުން މި މަހުގެ 6 އަކުން ކުރިއަށް ގެންދިޔަ ކުރިއަށް ގެންދިޔަ ހަނިމާދޫ ކައުންސިލް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް 2026" ގެ ޗެމްޕިއަންކަން އެޗް.އައި.އޭ އޮޕްޝަންސް އިން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ފައިނަލުމެޗުގައި އެޗް.އައި،އޭ އާއި ބައްދަލުކުރީ އެޗް.ސީ.ސީގެ ފުޓްސަލް ޓީމެވެ. މި މުބާރާތުގެ މުބާރާތުގެ ކިންގްއަކަށް ހޮވިފައިވަނީ އެޗް.އައި.އޭ. އޮޕަރޭޝަންސް ގެ މުޙައްމަދު ސާހިން އެވެ. މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންނަަށް ހޮވިފައިވަނީ ފެނަކަ ޓީމުގެ އާސިފް ސާލިމް އަދި ނޫރު ﷲ ތޯހާއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ އެޗް.ސީ.ސީ ޓީމުގެ މުޙައްމަދު ހަސަނަށެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން:

1 ނޫރު ﷲ ތޯހާ (ފެނަކަ)

2- ސަމްހާން (އޭ. އާރް.އެފް. އެފް)

3- ހަސަން ސަލީމް (އެޗް.ސީ.ސީ)

4- މުޙައްމަދު ސާހިން (އެޗް .އައި. އޭ. އޮޕަރޭޝަންސް)

5 ތޯހާ (އެޗް.އައި.އޭ.އޮޕްރޭޝޭންސް)

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޖާދުﷲ އެވެ.

ޚަބަރު ލިޔުނީ: މުޙައްމަދު މުޢާޒު - ރަށު ރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް