ހުޅުމާލެ ފޭސް 3 ގެ ބިންހިއްކުމުގެ މަސައްކަތް ނިންމާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައި --- ފޮޓޯ: ރައީސް އޮފީސް
ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމަޝްރޫޢުގެ މަސައްކަތް ނިމިފައިވާކަން، ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ. އެޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެން އެންމެ އަވަހަށް ނިމޭނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކަމަށެވެ.
ހުޅުމާލެ ފޭސް 3 ގެ ގޮތުގައި ހިއްކި ބިމަކީ، އެމްޑީޕީ ސަރުކާރުގައި، ހިންގި ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯތި ދިނުމަށް ކަނޑައަޅާފައިވާ ބިމެކެވެ. އެތަން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ސަރުކާރު ބަދަލުވުމާއި އެކު އެމަޝްރޫޢުގެ މަސައްކަތް މަޑު ޖެހިފައި އޮތުމަށް ފަހު، އަލުން އެމަސައްކަތް އެމްއޭސީއެލްއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދަން ފަށާފައި ވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.
މި މަހުގެ ތެރޭގައި ފޭސް 3 އިން ގޯތިތައް ލިބުނު ފަރާތްތަކަށް ގޯތިތައް ހަވާލު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އޮތީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް