Post banner
ރާއްޖެ

މިސަރުކާރުން ގެންދަނީ ރާއްޖެ ބަނގުރޫޓް ކުރަމުން ކަމުގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިސަރުކާރުން ގެންދަނީ ރާއްޖެ ބަނގުރޫޓް ކުރަމުން ކަމުގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެ

މިސަރުކާރުން ދަނީ ރާއްޖެ ބަނގުރޫޓް ކުރަމުން ކަމުގައި އެމްޑީޕީގެ ޗެއާޕަރސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނަށް ގެނައި ބަދަލުތަކަށް ފާޑުވިދާޅުވެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ތަނަވަސްކަން ހޯދަނީ ވިޔަފާރިވެރިޔާ ނަމަވެސް، މަސައްކަތްކުރާ މީހާއަށްވެސް އެތަނަވަސްކަމުގެ ފައިދާ ލިބޭ ކަމަށެވެ، އަދި އެ މުއްސަނދިކަން ގުޅިފައި ވަނީ، މުޅި ޤައުމުގެ އެންމެގެވެސް ތަނަވަސްކަމާއި ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވިޔަފާރުވެރިޔާއަށް ލިބޭ ބޭރުފައިސާގެ %40 ދިވެހިރުފިޔާއަށް މާރުކުރުމަށް މަޖުބޫރުކުރުމުން، އެވިޔަފާރިވެރިޔާއަށް ދެކޮޅު ނުޖެހި ބަނގުރޫޓް ވެދާނެ ކަމަށެވެ. އަދި ވިޔަފާރިވެރިޔާ ބަނގުރޫޓުވުމުން މީހުންގެ ވަޒީފާ ގެއްލޭނެ ކަމަށާއި، ރިޒޯޓު ވިޔަފާރިއާއި ގުޅުންހުރި އެހެން ހުރިހާ ވިޔަފާރިއަަކަށްވެސް އެކަމުގެ އަސަރުކުރާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ބޭރުފައިސާގެ ޤާނޫނަށް ސަރުކާރުން ގެނެސްފައިވާ ބަދަލާއި އެކު، ރިޒޯޓުތަކުގައި ވަޒީފާ އަދާކުރަމުން އަންނަ ދިވެހި މުވައްޒަފުންނަށް ޑޮލަރުން މުސާރަ ނުދެވޭނެކަން ދަނީ ރިޒޯޓުތަކުންދަނީ އަންގަމުންނެވެ.

މި ނިމުނު ހަފްތާގައި ސަރުކާރުން ވަނީ ބޭރުފައިސާގެ ޤާނޫނަށް ބަދަލު ގެނެސް ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމްކޮށް، އަދި މާރުކުރަންޖެހޭ މުއްދަތުވެސް އެއްމަސް ދުވަހަށް ކުރުކޮށްފައެވެ. މިބަދަލާއި ގުޅިގެން މަޓީންވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް