ރާއްޖެ

ތައިލެންޑްގެ ޖަލެއްގައި ހުއްޓައި ނިޔާވި ޒުވާނާގެ ހަށިގަނޑު މާލެ ގެނެސް ވަޅުލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ތައިލެންޑްގެ ޖަލެއްގައި ހުއްޓައި ނިޔާވި ޒުވާނާގެ ހަށިގަނޑު މާލެ ގެނެސް ވަޅުލައިފި

މާލޭ އާ ސަހަރާ --

ތައިލެންޑްގެ ޖަލެއްގައި ހައްޔަރުކޮށްފައި ހުއްޓައި ނިޔާވި ދިވެހި ޒުވާނާގެ ހަށިގަނޑު މާލެ ގެނެސް މިއަދު އާ ސަހަރާގައި ވަޅުލައިފިއެވެ.

ތ. ގުރައިދޫ، ފަނާރު، އިބްރާހީމް ނަބީޙް ނަސީރު ނިޔާވީ، މިމަހުގެ 6 ވަނަ ދުވަހު، ތައިލެންޑްގެ ޖަލެއްގައި ހައްޔަރުކޮށްފައި ހުއްޓައެވެ.

އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސް ޖަނާޒާ ބާއްވާފައި ވަނީ، މިރޭގެ މަޣުރިބު ނަމާދަށް ފަހުގައި މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް) ގައެވެ. އޭނާގެ ހަށިގަނޑު ވަޅުލާފައި ވަނީ އާސަހަރާގައެވެ.

އުމުރުން 22 އަހަރުގެ ނަބީޙް ހައްޔަރުކޮށްފައި ވަނީ، ހުސްވި ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު، ތައިލެންޑްގެ ޑޮންގ މުއެންގ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީ މައްސަލައެއްގެ ތުހުމަތަށެވެ.

ނަބީޙްގެ މަރުވި ސަބަބެއް އެނގިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް