ވިކުރާ

މިފްކޯއިން ދަޅުމަސް ވިއްކާ އަގު ބޮޑުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިފްކޯއިން ދަޅުމަސް ވިއްކާ އަގު ބޮޑުކޮށްފި

ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން ދަޅުމަސް ވިއްކާއަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.

ދަޅުމަހުގެ އަގު ބޮޑުކުރި ނަމަވެސް، އެބަދަލާއި ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި އެކުންފުނިން މީޑިއާއަށް އަދި އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ. މިފްކޯއިން ދަޅުމަހުގެ އަގު ބޮޑުކޮށްފައި ވަނީ މިއަދުން ފެށިގެންނެވެ. މިގޮތުން އާއްމުކޮށް ދިވެހިން ބޭނުންކުރާ ތެޔޮ ދަޅުމަހުގެ އަގު ވަނީ ބޮޑުކޮށްފައެވެ.

މިގޮތުން އިއްޔެއާ ހަމައަށް 760ރ އަށް ވިއްކަމުން އައި 48ދަޅުގެ ތެޔޮމަސް ކޭހެއް މިއަދުން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ވިއްކަމުން ދަނީ، 800ރ އަށެވެ. މިއީ ކޭހަކުން 40ރ ގެ ބޮޑުވުމެކެވެ. މިއާއެކު ކަންމަތީ ފިހާރަތަކުން ތެޔޮމަސްދަޅެއް ވިއްކާއަގު މިއަދު ވަނީ، 18ރ އިން 20ރއަށް ބޮޑުވެފައެވެ.

މިފްކޯގެ ފިހާރަތަކުން މަސްވިއްކާ އަގުތަކަށް ބަދަލުއައިކަން ފާހަގަ ވިނަމަވެސް، ރަސްމީ ސިފައެއްގައި އެކުންފުނިން އަގުތަކަށް ގެނައި ބަދަލު ހާމަކޮށްފައި ނުވާތީ، އެކުންފުނިން ވިއްކާ އެހެން އުފެއްދުންތަކުގެ އަގުތަކަށް އައި ބަދަލެއް ސާފެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް