މިފްކޯއަށް ކަންނެލި ގަންނަން ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބަޔަކު ބޮޑު ކަންނެއްޔެއް ފޮއްޓަކަށް ލަނީ -- ފޮޓޯ: މިފްކޯ
ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ކަންނެލި ގަންނަން ފަށައިފިއެވެ.
މިފްކޯއިން ކަންނެލި ގަންނަން ފަށާފައި ވަނީ އިއްޔެއިން ފެށިގެންނެވެ. މިގޮތުން މިފްކޯއިން ކަންނެލި ގަންނަން ފަށާފައި ވަނީ، 10 ކިލޯ އާއި 15 ކިލޯ އާއި ދެމެދުގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް 25ރ އަށެވެ. މިގޮތުން މިފްކޯއިން ހިންގަމުން އަންނަ ފެލިވަރަށާއި ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިހާރުދަނީ ކަންނެލި ގަންނަމުންނެވެ.
މިފްކޯއަށް ކަންނެލި ގަންނަން ފެށުމާއި އެކު ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ވަނީ އެކަމަށް، މަރުޚަބާ ކިޔައި އަދި ޝުކުރު އަދާކޮށްފައެވެ. ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން އިސްވެ އޮވެ ހުސްވި އަހަރުގެ ޑިސެމްބަރު މަހު ސަރުކާރާއި ދެކޮޅަށް މުޒާހަރާކޮށްފައި ވާއިރު، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމަކީ އެމުޒާހަރާގައި ބޮޑު ކަންނެލި މަސްވެރިން ސަރުކާރަށްކޮށްފައިވާ ޑިމާންޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް