Post banner
ރާއްޖެ

ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލަ މަޖިލިހަށް!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލަ މަޖިލިހަށް!

ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލައިގައި ވެމްކޯގެ ތިނަދޫ މުވައްޒަފުން ކުރި އިޙްތިޖާޖުގެ ތެރެއިން --- ފޮޓޯ: ވެމްކޯ

ވެމްކޯގެ މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.

ކުޑޫ ހުށައަޅާފައިވާ އެމައްސަލައިގައި އެދިވަޑައިގެންފައި ވަނީ، ވެމްކޯއިން އެކުންފުނީގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލަ، މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީ މެދުވެރިކޮށް ބަލައިދިނުމަށެވެ. އަދި އެމައްސަލައިގައި އެކުންފުނީގެ އިސްވެރިން ޖަވާބުދާރީ ކުރުވުމަށްވެސް ކުޑޫ ހުށައެޅުއްވި އެމައްސަލައިގައި ވަނީ އެދިވަޑައިގެންފައެވެ.

ވެމްކޯގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާ މައްސަލައިގައި ތިނަދޫ ވެމްކޯގެ މުވައްޒަފުން ވަނީ އިޙްތިޖާޖުވެސް ކޮށްފައެވެ. މީގެ އިތުރުން، ވެމްކޯގެ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންނަށް އަދިވެސް މިނިމުނު މަހުގެ މުސާރަ ނުލިބޭކަމަށް އެކުންފުނީގެ ބައެއް މުވައްޒަފުން ބުނެފައިވެއެވެ. މީގެ އިތުރުން ޕެންޝަން ފައިސާ ޕެންޝަން އޮފީހަށް ނުދެއްކި ނަމަވެސް، މުވައްޒަފުގެ މުސާރައިން ޕެންޝަނަށް އުނިކުރަން ޖެހޭ ފައިސާ ކޮންމެ މަހަކުވެސް އުނިކުރަމުން އަންނަކަމުގައި، ވެމްކޯގެ މުވައްޒަފުން ވަނީ މައުލޫމާތު ދީފައެވެ.

ވެމްކޯއިން ޕެންޝަން ފައިސާ ނުދައްކާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ވާއިރު، ސަރުކާރުގެ އެހެން ބައެއް ކުންފުނިތަކުންވެސް ޕެންޝަން ފައިސާ ނުދައްކާ މައްސަލަ ވަނީ ބޮޑުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް