Post banner
ދުނިޔެ

ސޫރަތުގައި 21 ކްރޯޑް ރުޕީސް ޚަރަދުކޮށްގެން ހެދި ފެން ތާނގީ ބޭނުން ނުކުރެވެނީސް ފަޅައިގެން ހިނގައްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސޫރަތުގައި 21 ކްރޯޑް ރުޕީސް ޚަރަދުކޮށްގެން ހެދި ފެން ތާނގީ ބޭނުން ނުކުރެވެނީސް ފަޅައިގެން ހިނގައްޖެ

އިންޑިއާގެ ސޫރަތުގައި ފަޅައިގެން ދިޔަ ފެންތާނގީ --

އިންޑިއާގެ ގުޖުރާތު ސަރުކާރުން އެ ޕްރޮވިންސްގެ ސޫރަތުގައި އަލަށް ހެދި ބޮޑު ފެންތާނގީއަށް ފެންފުރަމުން ދަނިކޮށް ތާނގީ ފަޅައިގެން ހިނގައްޖެއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސޫރަތުގައި ހަދާފައިވާ އެ ފެންތާނގީއަށް 21 ކްރޯޑް ރުޕީސް ޚަރަދުކޮށްފައި ވެއެވެ. އަދި އެ ފެންތާނގީއަކީ، ޖުމުލަ 14 އަވަށެއްގެ މީހުންނަށް ފެން ފޯރުކޮށް ދިނުމަށް ހެދި ފެންތާނގީއެއް ކަމުގައި ގުޖުރާތު ސަރުކާރުން ހާމަކޮށްފައި ވެއެވެ.

ފެންތާނގީ ފަޅައިގެން ދިޔައީ، އެއަށް އެޅޭނެ ފެނުގެ އަދަދާއި އޭގެ ވަރުގަދަކަން ބެލުމަށްޓަކައި، ފެން އަޅަމުން ދަނިކޮށެވެ. ފެންތާނގީ ފަޅައިގެން ގޮސް ހިނގި ހާދިސާގައި 3 މީހަކަށް އަނިޔާވިއެވެ.

ފަނަރަ މީޓަރު އުސް އެފެންތާނގީ ހަދާފައި ވަނީ އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ. އެފެންތާނގީގެ މަސައްކަތް ނިންމުމަށް 3 އަހަރަށްވުރެ ގިނަ ދުވަސް ހޭދަވިއެވެ.

ގުޖުރާތު ސަރުކާރުން ބުނެފައި ވަނީ ފެންވަރުދަށްކޮށް ކޮށްފައިވާ އެ މަސައްކަތާއި ގުޅިގެން އެކުންފުންޏަށް ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް