އަޑިޔަށް ދިޔަ ދޯންޏަކީ، ތ. މަޑިފުށީ ދޯންޏެއް، ގެއްލުނު ކެޕްޓަނަކީ އެރަށު ޒުވާނެއް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފްރެންޑް 4 ދޯންޏަކީ، ތ. މަޑިފުށީ ދޯންޏެކެެވެ. ދޯނި އަޑިޔަށް ދިޔައީ ކަނޑުގަދަވެ ދިޔަވުން ކޮންޓްރޯލް ނުވެގެން ކަމަށް އެނގިފައި ވެއެވެ. ހާދިސާ ހިނގި ދޯނީގެ ކެޕްޓަނަކަށް ހުރީ، ތ. މަޑިފުށީ ދޮންވެލި. މުޙައްމަދު ހަމްދޫން ކަމުގައި އެރަށުން މައުލޫމާތު ލިބިފައި ވެއެވެ.
ލ. އަތޮޅުން ފުރައިގެން ހުވަދުއަތޮޅަށް ދަތުރު ކުރަމުން ދަނިޔޮށް ރޭ ދިޔަވެ އަޑިޔަށް ދިޔަ ފްރެންޑް 4 ދޯނީގެ ކެޕްޓަނާއި، އެދޯންޏާއި މީހުން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ގެއްލިފައިވާ ސިފައިންގެ މީހާ އާއި ފުލުސް އޮފިސަރު ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ފްރެންޑް 4 ދޯންޏަކީ، ތ. މަޑިފުށީ ދޯންޏެކެެވެ. ދޯނި އަޑިޔަށް ދިޔައީ ކަނޑުގަދަވެ ދިޔަވުން ކޮންޓްރޯލް ނުވެގެން ކަމަށް އެނގިފައި ވެއެވެ. ހާދިސާ ހިނގި ދޯނީގެ ކެޕްޓަނަކަށް ހުރީ، ތ. މަޑިފުށީ ދޮންވެލި. މުޙައްމަދު ހަމްދޫން ކަމުގައި އެރަށުން މައުލޫމާތު ލިބިފައި ވެއެވެ.
އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި، ދޯނި ދިޔަވެ އަޑިޔަށްދާތީ އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ 22:37 ހާއިރުގައެވެ. ހާދިސާ ހިނގި އިރު އެ ދޯނި އޮތީ، ހުވަދޫ ކަނޑުތެރެއިން އަތޮޅަށް ވަދެވޭ ހިސާބަށްވުރެ 2.96 ނޯޓިކަލް މޭލު ބޭރުގައެވެ.
ދޯނީގައި އެވަގުތު ކެޕްޓަނާއި އެކު 8 މީހުން ތިބި އިރު، އޭގެ ތެރެއިން 7 މީހުން ސަލާމަތްކޮށްފައި ވެއެވެ. އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި، ދޯނިއަޑިޔަށް ދިޔައީ، ކަނޑުގަދަވުމާއި އެކު ދޯނީގެ ދިޔަވުން ކޮންޓްރޯލް ނުވެގެންނެވެ.
މައުލޫމާތު ލިބުނު ގޮތުގައި، ސިފައިންނާއި ފުލުހުން މަސައްކަތް ކުރީ، ޕަމްޕް ޖަހައިގެން ދިޔަގަނޑު އަޑިކޮށް ދޯނި ސަލާމަތް ކުރާށެވެ. އެހެންނަމަވެސް ހިލަޔާއި ހިލަވެލިން ބަރުކޮށްފައި އޮތް ދޯނީގެ ދިޔަވުން ކޮންޓްރޯލް ނުވެ ބަންޑުންޖަހާލައި އަޑިޔަށް ދިޔައީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ދޯނި ބަންޑުން ޖަހާލައި އަޑިޔަށް ދިޔައިރު، އެވަގުތު އޭގައި ހުރި ފުލުހުންގެ އެހެން އޮފިސަރަކު ވަނީ ސަލާމަތްވެފައެވެ. މިހާދިސާގައި ގެއްލިފައި ވަނީ، ދޯނީގެ ކެޕްޓަނާއި، ދޯނި ސަލާމަތް ކުރުމަށް މަސައްކަތް ކުރި މީހުންގެ ތެރޭގައި ހިމެނޭ ސިފައިންގެ މީހަކާއި ފުލުހުންގެ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް