ރާއްޖެ

ފަޅުރަށަަކުން ހިފި ކިނބުލެއް ސިފައިންނާއި ހަވާލުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފަޅުރަށަަކުން ހިފި ކިނބުލެއް ސިފައިންނާއި ހަވާލުކޮށްފި

ޅ. ދިއްދޫއިން މިއަދު ހިފި ކިނބޫ --

ޅ. އަތޮޅު ފަޅުރަށެއް ކަމުގައިވާ ދިއްދޫއަށް ދަތުރުގޮސް އުޅުނު ބަޔަކަށް، އެރަށުން ފެނިގެން ހިފި ކިނބުލެއް ސިފައިންނާއި ހަވާލުކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ދިގު މިނުގައި 5 ފޫޓް ހުރި މި ކިނބޫ ފެނިފައިވަނީ، ޑިންގީއެއްގައި ޅ.އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށްދިޔަ ބަޔަކަށް މިއަދު ހެނދުނު 07:00 ހާއިރުއެވެ. ކިނބޫ ފެނުމުން އެމީހުން ވަނީ ކިނބޫ ހިފައި ޅ.ނައިފަރަށް ގެންގޮސްފައި ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ޅ.ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު 10:51 ހާއިރުއެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ނައިފަރަށް ގޮސް، އެ ކިނބޫ ވަނީ ޅ.މާފިލާފުއްޓަށް ގެނެސްފައެވެ. މީގެކުރިންވެސް ޅ. އަތޮޅު ފެލިވަރު ފަޅުތެރެއިންވެސް ކިނބުލެއް ހިފާފައިވެއެވެ. މީގެ އިތުރުން އިރުވައިތެރޭގައި ތ އަތޮޅުގެ ބައެއް ރަށްރަށުންވެސް ކިނބޫފެނިގެން ހިފާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް