ޕޮލިސް ލޯންޗެއް ފަރަށް އަރައި ފުލުހަކަށް އަނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޕޮލިސް 19 ލޯންޗު ވަޑިނޮޅު ފަރުމަތީގައި -- ފޮޓޯ: ކިޔުންތެރިއެއް
ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ ލޯންޗެއް މިއަދު ފަރަށް އަރައިފިއެވެ.
މިހާދިސާ އާއި ގުޅޭ ގޮތުން ސުވާލުކުރުމުން، ފުލުހުންވެސް އަދި އެމްއެންޑީއެފުންވެސް މިހާތަނަށް މައުލޫމާތު ދީފައެއް ނުވެއެވެ.
މިމައުލޫމާތު ހިއްސާކުރި ފަރާތުން ބުނެފައި ވަނީ، ޕޮލިސް 19، ލޯންޗު އަރާފައި ވަނީ، ލ އަތޮޅު ވަޑިނޮޅު ފަރަށް ކަމަށެވެ. ވަޑިނޮޅު ފަރުމަތީގައި އެލޯންޗު އޮތީ، ވަޑިނޮޅު ބައްތި ކައިރީގައެވެ.
ލޯންޗު ފަރަށް އެރިހާދިސާގައި އެވަގުތު އެލޯންޗުގައި ހުރި އަންހެން ފުލުހަކަށް އަނިޔާވިކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެން ނަމަވެސް މިހާދިސާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ކަމާއި ބެހޭ އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވާތީ، ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ނޭނގެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް