މިސްކިތުގައި ނަމާދު ކުރާ މީހުންނަށް ދަތިވާގޮތަށް އަމަލުކުރާތީ ކެފޭއެއް ބަންދުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުޑް ބިސްޓްރޯ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މާލޭ ކުދީނާ ގޯޅީގައި ހުންނަ، ކެފޭ ފުޑް ބިސްޓްރޯ މާލޭ ސިޓީކައުންސިލުން ބަންދުކުރުވައި އެތާނގެ ވިޔަފާރި ހުއްޓުވައިފިއެވެ.
މާލޭ ސިޓީކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި މިފިޔަވަޅު އެޅީ، ފުޑް ބިސްޓްރޯގެ ދުންހޮޅިން ޒިކުރާ މިސްކިތުގެ ތެރެއަށް ދުމާއި ވަސް އަންނާތީ، މިތަނުގެ ދުންހޮޅި ރަނގަޅު ކުރުމަށް މާލެސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ ފަރާތުންގޮސް ތަކުރާރުކޮށް ނަސޭހަތްދިނުމުންވެސް އެތަނުގެ ދުންހޮޅި މައްސަލަ ހައްލުކޮއްފައި ނުވާތީއެވެ.
އިއްްޔެގެ ހުކުރު ނަމާދު ވަގުތު، ފުޑް ބިސްޓްރޯއިން ކައްކާ އެއްޗެހީގެ މިރުސްވަހާ ހުރެ ޒިކުރާ މިސްކިތުގައި ނަމާދަށް ތިބި މީހުން ކޮށިއަރާވަރުން ނަމާދަށް ތިބެން އުނދަގޫވުމުގެ ޝަކުވާ ވަނީ ހުށައަޅާފައެވެ. އެ ޝަކުވާ އާއި ގުޅިގެން ގުޅިގެން އިއްޔެ ހުކުރު ނަމާދަށްފަހު މާލެސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ވަނީ އެކެފޭއަށް ގޮސް އެތަން ބަންދުކުރުވާފައެވެ. ސިޓ ކައުންސިލުން ވިދާޅުވީ، ދުންހޮޅި މައްސަލަ ހައްލު ކުރެވެންދެން އެތަނުގެ ޚިދުމަތް ވަގުތީގޮތުން ހުއްޓުވުމަށްފަހު ތަން ބަންދުކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓު މުވައްޒަފުން މިތަނަށް ވަނުމުން މިތަނުގައި ކައްކަން ތިބި ބިދޭސީންނާއި ޚިދުމަތް ހޯދަންއައިސް ތިބި ބިދޭސީންގެ ތެރެއިން ގިނަބަޔަކު ވަނީ ދުވެ ފިލާފައި ކަމަށްވެސް މާލޭ ސިޓީކައުންސިލުން ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް