ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި މިހާރު ވޯޓުލުން ނިންމާ ގޮތަށް ހަމަޖައްސާފައި ވަނީ 5:00 އާއި ހަމައަށެވެ. ވޯޓުލާ ވަގުތު އިތުރު ކުރި އިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވޯޓެއް ނުލައެވެ.
ވޯޓުލުމުގެ ހައްޤުލިބިގެންވާ 4121 މީހުން ތިބި އިރު، 4:00 ޖެހުމާއި ހަމައަށް ވޯޓުލާފައި ވަނީ، 2563 މީހުންނެވެ. ވޯޓުނުލައްވާ 1558 މީހުން ތިއްބެވެ. މިގޮތުން ވޯޓުލީ މީހުންގެ ނިސްބަތަކީ، 62.19އިންސައްތައެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް މާލޭގައި 2 ވޯޓުފޮށި އަދި ހިތަދޫގައި 5 ފޮށި ބަހައްޓާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް