މާފަންނުކޮޅުގައި ހުރި ގުދަނެއްގައި ރޯވެ އަނދަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޕްރައިން ގޯޑައުންގައި އަލިފާން ރޯވެ އަނދަނީ --- ފޮޓޯ: އެމްއެންޑީއެފް
މާލޭ މާފަންނު ކޮޅުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.
އަލިފާން ރޯވެފައި ވަނީ، ޢިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ގުދަނެއްގައެވެ. އެއީ، ޕްރައިމް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއްގެ ގުދަނެއް ކަމަށް އެނގިފައިވެއެވެ.
އަލިފާން ރޯވި ގުދަން ހުންނަނީ، އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާއި ބެހޭ މަސައްކަތް ކުރަމުން އަންނަ އިމާރާތާއި ޖެހިގެންނެވެ.

މިއަދު މާލޭ ގަލޮޅު ގެއެއްގައި ހުރި ގުދަނެއްގައިވެސް ވަނީ އަލިފާން ރޯވެ އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް