ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ބަނދެވިފައި ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުރީގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ: އެމްޑީޕީ
ރާއްޖެ މިއޮތީ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ބަނދެވިފައިވާކަން ސާފުވާ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސޯޝަލްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދަރަނީގެ މައްސަލައަކީ މިހާރު ޤައުމީ މައްސަލައަކަށް ވެފައިވާ ކަމަށެވެ. މިގޮތުން، ދިވެހީންނަށް އަނބުރާ ދެއްކުން ނުކުޅަދާނަވާ މިންވަރުގެ ބޮޑު އިންޓްރެސްޓުގައި ދަރަނި ނަގައި، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނި ދެއްކުން ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ ދަރަނީގެ މައްސަލައަކީ އަދުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ.
ރައީސް ނަޝީދު މިޕޯސްޓްކުރައްވާފައި މިވަނީ، ރާއްޖޭގެ މާލީ ހާލަތު ގޯސްވެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ޕެންޝަން އޮފީހުގެ ޗެއަރމަން އަދި ރައީސް ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރކަން އަހުމަދު އިނާޒު މަޤާމުން އިސްތިއުފާ ދެއްވައި އަދި ސަރުކާރުން، %14 އިންޓަރެސްޓް ރޭޓެއްގައި ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް މެދުވެރިކޮށް ބޮޑު ލޯނެއް ނަގަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް