Post banner
ރަށްރަށުން

ސައިބަރ ސެކިއުރިޓީ އާއި ސްކޭމްތަކަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ނަޑެއްލާގައި ކުރިއަށް ގެންދަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސައިބަރ ސެކިއުރިޓީ އާއި ސްކޭމްތަކަށް  ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ނަޑެއްލާގައި ކުރިއަށް ގެންދަނީ

ނަޑެއްލާ ޕޮލިސް ސްޓޭޝަން -- މުހައްމަދު އަބާން އަހްމަދު – ރަށު ރިޕޯޓަރު

ސައިބަރ ސެކިއުރިޓީ އާއި ސްކޭމްތަކަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ގދ. ނަޑެއްލާގައި އެ ރަށުގެ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދަން ފަށައިފިއެވެ.

މިއަދާއި މާދަމާ ބަހާލައިގެން ކުރިއަށް ގެންދާ މި ސެޝަންތައް އަމާޒުކޮށްފައިވަނީ ދަރިވަރުންނާއި، ބެލެނިވެރިންގެ އިތުރުން ރަށުގެ އާންމު ރައްޔިތުންނަށެވެ.

އެގޮތުން މި ސެޝަންތަކުގައި ސައިބަރ ސެކިއުރިޓީ، އޮންލައިން ސްކޭމް އާއި ފިޝިންގ، ފޭކް ލިންކް އާއި މެސެޖުގެ އިތުރުން ޒާތީ މައުލޫމާތު ރައްކާކުރާނެ ގޮތާއި ސްކޭމް ކޯލެއް އަތުވެއްޖެނަމަ ކަންކުރާނެ ގޮތް ކިޔައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހަބަރު ލިޔުނީ: މުހައްމަދު އަބާން އަހްމަދު – ރަށު ރިޕޯޓަރު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް