ޕީއެންއެފްއިން މާލޭގެ މޭޔަރުކަމަށް ޒަރިޔަންދު ނެރެން ނިންމައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ

އިސްމާޢީލް ޒަރިޔަންދު ---
ރައީސް ޔާމީނުގެ ޕާޓީ، ޕީއެންއެފްއިން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ ސިޓީގެ މޭޔަރު އިންތިޚާބުގައި ވާދަކުރުމަށް ނެރޭ ކެނޑިޑޭޓަކީ، އިސްމާޢީލް ޒަރިޔަންދު ކަމުގައި އެެޕާޓީން މިރޭ ހާމަކޮށްފިއެވެ.
މިރޭ އާޓިފިޝަލްގައި ޕީއެންއެފް އިން "ރިސެޓް"ގެ ނަމުގައި ބާއްވަމުން އަންނަ ޖަލްސާގައި، ޒަރިޔަންދު ވަނީ ޕީއެންއެފްގެ މެމްބަރުންނާއި މުޚާތަބުކޮށް ވާހަކަދައްކަވާފައެވެ. އޭނާގެ ވާހަކަފުޅުގައި ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރުކަމަށް ޕީއެންއެފްގެ ކެނޑިޑޭޓްގެ ގޮތުގައި ނުކުންނެވީ، އެޕާޓީ އާއި ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވައިގެން ކަމަށެވެ. އެހެން ނަމަވެސް މާލޭގެ މޭޔަރުކަމަށް ނުކުންނަވަނީ، ވަކި ސިޔާސީ ފިކުރަކަށްވުރެ މާލޭގެ ރައްޔިތުންގެ ޙައްޤުގައި ކަމަށެވެ.
ޒަރިޔަންދުގެ ވާހަކައިގައި ވިދާޅުވީ، މާލޭގައި ހައްލު ކުރަންޖެހޭ އެތައް މައްސަލަތަކެއް އެބަހުރި ކަމަށެވެ. މިގޮތުން ބޯހިޔާވަހިކަމުގެ ދަތިކަމަކީ އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި އެހެން ކަމުން. މުނިސިޕަލް ސޯޝަލްހައުސިންގ ސްކީމެއް ހިންގަން ޖެހޭ ކަމުގައިވެސް ޒަރިޔަންދު ވިދާޅުވިއެވެ.
ޒަރިޔަންދަކީ، އެމްޑީޕީގައި އިސްކޮށް މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި ޚާއްޞަކޮށް ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް