ތިނަދޫން މަރުވެފައި އޮތް ބިދޭސީ އަކު ފެނި ފުލުހުން އެ މަރުގެ ތަޙްޤީޤު ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ގދ. ތިނަދޫ --- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް -
ގދ. ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި، މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭ ފަތިހު 4:11 ހާއިރުގައި ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ޑރ. ޢަބްދުއްސަމަދު މެރޯރިއަލް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި ނިޔާވެފައިވަނީ 27 އަހަރުގެ، ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ މަރުގެ މިމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް