Post banner
ވިކުރާ

އެއްދުވަހު އެންމެ ގިނަ ބަޔަކު އެއާޕޯޓުގެ ޚިދުމަތްތައް ބޭނުންކޮށްގެން ވީއައިއޭއަށް އައު ރެކޯޑެއް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެއްދުވަހު އެންމެ ގިނަ ބަޔަކު އެއާޕޯޓުގެ ޚިދުމަތްތައް ބޭނުންކޮށްގެން ވީއައިއޭއަށް އައު ރެކޯޑެއް

ވީއައިއޭގެ އައު ޓާމިނަލް -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީ އެއާޕޯޓުގެ ތާރީޚުގައި އައު ރެކޯޑެއް ޤާއިމް ކުރެވޭނެ ކަމުގައި އެމްއޭސީއެލްއިން ހާމަކުރައްވައިފިއެވެ.

އެމްްއޭސީއެލްއިން ވިދާޅުވީ، މި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހަކީ މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ހިދުމަތް ދޭނެ ދެވަނަ ދުވަހަށް ވެގެންދާނެ ކަމަށެވެ. މިގޮތުން މިއަދު ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން 22,142 ފަސިންޖަރުންނަށް ހިދުމަތް ދޭއިރު، ޑޮމެސްޓިކް ޓާމިނަލުންވެސް މިއަދު ޖުމުލަ 4,843 ފަސިންޖަރުންނަށް ހިދުމަތް ދޭނެކަމުގައި އެކުންފުނިން ހާމަކުރައްވާފައި ވެއެވެ.

އޭގެ ތެރޭގައި ރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އަންނަ 11,107 ފަސިންޖަރުން ހިމެނޭ ކަމަށާއި، އަދި މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުން ހިމެނޭ ކަމަށްވެސް އެމްއޭސީއެލްއިން ހާމަކޮށްފައި ވެއެވެ. އަދި މިއަދު 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވޭނެ ކަމުގައިވެސް އެމްއޭސީއެލްއިން ވަނީ ހާމަކުރައްވާފައެވެ.

މިއަދަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ދިގުތާރީޚުގައިވެސް އެންމެ ގިނަ ބަޔަކު އެއްދުވަހެއްގައި އެއާޕޯޓުގެ ޚިދުމަތްތައް ހޯދާނެ ދުވަހެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް