Post banner
ރާއްޖެ

މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރު ދެނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރު ދެނީ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް --- ފޮޓޯ: ރައީސް އޮފީސް

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދޫކުރުމަށް ނިންމާފައިވާ ކަމުގައި، އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ދެ ޤައުމުގެ މެދުގައި ބޭއްވި ރަސްމީ ވާހަކަތަކަށް ފަހުގައި، ދެއްވި ގުޅިފައިވާ ނޫސް ބަޔާނުގައެވެ.

މެލޭޭޝިއާގެ ބޮޑު ވަޒީރު ވިދާޅުވީ، އެޤައުމުގެ މަރުކަޒީ ބޭންކު ބޭންކް އޮފް ނެގާރާއިން ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއަށް ދޫކުރާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ހަމަޖެއްސުމަށް އެއްބަސްވުން ޤާއިމްކުރުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ. އަދި އެފެސިލިޓީއަކީ، ދެޤައުމުގެ ދެމެދުގައި ޤާއިމްވެފައިވާ ގުޅުމާއި އިތުބާރުގެ މަތީގައި ހަމަޖައްސައިދެވޭ ފެސިލިޓީއެއްކަންވެސް މެލޭޝިއާގެ ބޮޑުވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް ވަނީ، މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންނާއި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް