Post banner
ރާއްޖެ

ހުޅުމާލޭގެ ދުވާރުތައް މަތީގައި ޕާކު ނުކުރަން ފުލުހުންގެ އިލްތިމާސެއް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުމާލޭގެ ދުވާރުތައް މަތީގައި ޕާކު ނުކުރަން ފުލުހުންގެ އިލްތިމާސެއް

ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ، އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން މިރޭ ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ކުޑަކުދިންގެ ޕްރޭމާއި އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ، އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ އުޅަނދެއް ފައިމަގުގައި ހިނގުމަށް ހާއްސަކުރެވިފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި، ދުއްވުމަކީ ނުވަތަ ޕާކުކުރުމަކީ ގާނޫނީގޮތުން މަނާކަމެއްކަން ހަނދާންކޮށްދޭ ކަމަށެވެ.

އެގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދު ފަހަރު، ޓޯވކުރުމުގެ ބާރު، ފުލުހުންނަށް ޤާނޫނުން ލިބިދީފައި ވެއެވެ. ދުވާރުތައް މަތީގައި އުޅަަނދު ފަހަރު ޕާކުކުރުން އާއްމުވެފައި ވަނީ، ހިޔާ ސަރަހައްދުގަޔާއި، އަލަށް މީހުން ދިރިއުޅެން ފެށި އެފްޑީސީ ފްލެޓްތައް އަދި ވިނަރެސް ފްލެޓްތައް ހުންނަ ސަރަހައްދުތަކުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް