Post banner
ރާއްޖެ

ހަތް ބިލެއް ރައީސް ތަސްދީޤު ކުރައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަތް ބިލެއް ރައީސް ތަސްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މިނިމުނު ދައުރުގައި ފާސްކުރި 7 ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

މިކަމަށްޓަކައި މިއަދު މެންދުރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚާއްޞަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި ބިލްތަކަކީ؛

1- ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު

2- ޤާނޫނު ނަންބަރު 2019/25 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު

3- ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު

4- ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު

5- ޤާނޫނު ނަންބަރު 2024/32، ބޭރު ފައިސާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު

6- ޤާނޫނު ނަންބަރު 2010/3، (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު

7- އެއްގަމު ދަތުރުފަތުރުގެ ބިލު

މިއަދު ތަސްދީޤު ކުރެއްވި ގިނަ ބިލްތަކަކީ، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޤާނޫނުތަކަށް އިސްލާޙް ގެނައުމަށް ފާސްކުރި ބިލްތަކެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް