ރާއްޖެ

ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ ބޯޓުތަކެއް އަތުލައިގެންފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ ބޯޓުތަކެއް އަތުލައިގެންފި

ރާއްޖޭގެ ސަރަހައްދުން ބޭރުގެ މަސްބޯޓުތަކެއް އަތުލައިގަތުން -- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލާންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓުގާޑުން އަތުލައިގެންފިއެވެ.

މިބޯޓުތައް އަތުލައިގެންފައި ވަނީ، ޑްރޯން ބޭނުންކޮށްގެން އެ ބޯޓުތައް ހޯދައި ލޮކޭޓް ކުރުމަށްފަހުގައި ކަމަށް އެމްއެންޑީއެފުން ހާމަކުރައްވާފައި ވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ބޯޓުތައް ހިފަހައްޓާފައި ވަނީ، ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ ޒަރިއްޔާއިން، އެއްކުރި މައުލޫމާތުގެ އަލީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރއިން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ޑިސެންބަރު 17ވަނަ ދުވަހުގެ ހެނދުނު 08:30 ހާއިރު، ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށެވެ.

މި ދެ ބޯޓު މިހާރު ވަނީ ކުޅުދުއްފުށީ ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައި ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

share

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

0/1000 އަކުރު

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ. އަދަބުވެރި ގޮތުގައި ބަހުސް ކުރައްވާ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް