މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އަންހެން ފުލުހަކަށް ފަރުވާދެނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ --- ފޮޓޯ: އެމްއެންޑީއެފް
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އަންހެން ފުލުހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
އަލިފާން ރޯވެފައިވަނީ ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި ހާދިސާގައި، ދުމުގެ އަސަރު ކުރުމުގެ ސަބަބުން ހާލު ދެރަވެގެން އަންހެން ފުލުހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ، މިއަދު ހެނދުނު 10:45 ހާއިރުަގައި ކަމަށެވެ. ކަމަށެވެ. އަދި އެގޭގައި ރޯވި އަލިފާން މިހާރު ވަނީ ނިވާލާފައިވާ ކަމުގައި ފުލުހުންނާއި އެމްްއެންޑީއެފުންވެސް ވަނީ ވިދާޅުވެފައެވެ.
އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގިތަނަކީ ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ތަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް