"ރަށްރަށުގެ ރައްޔިތުންނަށް ލިބެންޖެހޭނީ މާލެ ސަރަހައްދުން ފްލެޓް އެކަންޏެއް ނޫން، ގޯތިވެސް ލިބެންޖެހޭނެ"
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ --- ފޮޓޯ: މަޖިލިސް
ރަށްރަށުގެ ރައްޔިތުންނަށް ލިބެންޖެހޭނީ މާލެ ސަރަހައްދުން ގޯތިވެސް ލިބެންޖެހޭނެ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިހެން ވިދާޅުވީ، ގަލޮޅު އުތުރުދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ރަށެއްގެ ރައްވެއްސަކަށް ވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
މެންބަރު ޣަފޫރު ވިދާޅުވީ ހުޅުމާލެފަދަ ތަންތަނުގެ ބިން ހިއްކަނީ ރައްޔިތުންގެ ފައިސާއިން ކަމަށްވާއިރު، އެ ފަދަ ތަންތަނުން ގޯތި ލިބުމުގައި ވަކި ރަށަކަށް ނިސްބަތްވާތީ ރައްޔިތުން ބާކީވެގެން ނުވާނެކަމަށެވެ. އެމީހަކު ދިރިއުޅޭތަނަކީ އެމީހަކު އެވަގުތު ދިރިއުޅޭ ތަނެއްގެ ގޮތުގައި އޮންނަންޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށްރަށުގެ ރައްޔިތުންނަށް ލިބޭ އަމްދަނީއާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ އާމްދަނީގައި ހުރި ފަރަޤު މެންބަރު ފާހަގަކުރެއްވިއެވެ. މެންބަރު ޣަފޫރު ވިދާޅުވީ، ހަމަހަމަކަމާއެކު ރައްޔިތުންނަށް ލިބެންޖެހޭ ފުރުސަތުތަކަކީ ސަރުކާރަކުން އުފެއްދީމާއި ލިބޭނެ އެއްޗެއްކަމަށެވެ. އެގޮތުން، ހަމަހަމަ ފުރުސަތުތައް އުފެއްދުމުގެ ގޮތުން ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ ދާއިމީ އެޑްރެސް އުވާލުންކަމަށް މެންބަރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ތިބެންޖެހޭނީ ދިވެހި ރައްޔިތުން. ވަކި ރަށެއްގައި ރެޖިސްޓްރީވެ، ވަކި ރަށަކަށް ދާއިމީ އެޑްރެސް ހަމަޖެހި، ވަކި ހައްގުތަކަކުން މަހްރޫމްވެފައި ތިބި ބަޔަކު މި ގައުމުގައި ތިބެގެން ނުވާނެ." ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ
މާލެ ސަރަހައްދުން ގޯތި ދިނުމުގައި ސަރުކާރުން އިސްކަން ދީފައިވަނީ، ހަމައެކަނި މާލޭގެ ރައްޔިތުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް