Post banner
ރާއްޖެ

މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން ހުޅުމާލޭގައި ބާއްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން ހުޅުމާލޭގައި ބާއްވައިފި

ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އަސްކަރީ ހިނގާލުން އެމްއެންޑީއެފުން ހުޅުމާލޭގައި މިއަދު ބާއްވައިފިއެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ޖުލައި 26ވަނަ ދުވަހު ރޭ ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ މައިދާނީ ކުޅިވަރުތަކާ އެކު އެމްއެންޑީއެފުން ވަނީ އަސްކަރީ ހިނގާލުން މާލޭގައި ބާއްވާފައެވެ.

އަދި މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ސިފައިންގެ އަސްކަރީ ހިނގާލުމުގައި މިލިޓަރީ ބޭންޑާ އެކު، ހަ ގެމައެއް ބައިވެރިވެފައި ވެއެވެ. މި އަސްކަރީ ހިނގާލުމުގައި ކޮމާންޑަރަކަށް ހުންނެވީ ކާނަލް މުޙައްމަދު ނާޡިމް ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް