classified
ރާއްޖެ

ޤުބާގެ އުމުރާ ވެރިންނަށް ދަތުރާއި ގުޅޭ މައުލޫމާތު ދީފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޤުބާގެ އުމުރާ ވެރިންނަށް ދަތުރާއި ގުޅޭ މައުލޫމާތު ދީފި

ޤުބާ ހައްޖު އެންޑް އުމްރާ މޯލްޑިވްސް ގެ ބައްދަލުވުމުގެ ތެރެއިން ---

ޤުބާ ހައްޖު އެންޑް އުމްރާ މޯލްޑިވްސްގެ ހަވާލުގައި މި ޖޫންމަހު އުމްރާއަށްދާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަން ބާއްވައިފިއެވެ.

މިބައްދަލުވުނުން ބާއްވާފައި ވަނީ، ރޭ ހުޅުމާލެ ހުރަވީ ސްކޫލުގައެވެ.

މިބައްދަލުމުގައި އުމުރާގެ އަޅުކަން އަދާކުރާނެ ގޮތާއި، އަދި ޢުމްރާގެ އަޅުކަމުގައި އުޅޭ އިރި ސަމާލުކަންދޭންވީ ކަންތައްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވީ، ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝައިޚް އަޙްމަދު ސަމީރެވެ.

މިބައްދަލުމުގައި ވަނީ، ޢުމްރާ ވެރިންނަށް ދަތުރާއު ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ޢުމްރާ ކިޓް ހަވާލުކޮށްފައެވެ. އުމްރާ ކިޓްގެ ގޮތުގައި، އިޙްރާމާއި ހޭންޑް ބޭގާއި، ފައިވާން ލުމަށް ޚާއްޞަކޮތަޅާއި، އަދި ދުޢާކާޑު ފޮތް ހިމެނޭނެއެވެ.

މިޖޫންމަހު ގުބާގެ ހަވާލުގައި އުމްރާއަށްދާ ފަރާތްތަކުން ރާއްޖެއިން ފުރާނީ، މިރޭގައެވެ.

Uploaded image

2024 ވަނަ އަހަރުން ފެށިގެން ގުބާގެ ހަވާލުގައި މީހުން އުމުރާއަށް ގެންގޮސްދޭން ފަށާފައި ވާއިރު، މިއަހަރުވެސް ޖުލައި މަހުގަޔާއި ޑިސެމްބަރު މަހުގައި ޢުމްރާ ދަތުރުތައް އޮންނާނެ ކަމުގައި ގުރޫޕުން މައުލޫމާތު ދެއެވެ.

ޖުލައި މަހުގެ އުމްރާގެ ފަހު ޖާގަތައް މިހާރު ދޫކުރަމުން އަންނައިރު، ޑިސެމްބަރު މަހުގެ ޢުމްރާ ދަތުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް