Post banner
ރާއްޖެ

ތޮއްޑޫއަށް ދަތުރުކުރަނިކޮށް "ރިލެކްސް އައިޝާ" ލޯންޗު ދިޔަވެ މީހުން ސަލާމަތްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ތޮއްޑޫއަށް ދަތުރުކުރަނިކޮށް "ރިލެކްސް އައިޝާ" ލޯންޗު ދިޔަވެ މީހުން ސަލާމަތްކޮށްފި

"ރިލެކްސް އައިޝާ"ގައި ދަަތުރުކުރި މީހުން ސަލާމަތްކޮށްގެން މާލެއަށް ބާލަނީ -- ފޮޓޯ: މެރިންޕޮލިސް

މިއަދު ހަވީރު މާލެއިން އއ. ތޮއްޑޫއަށް ފުރި، "ރިލެކްސް އައިޝާ" ލޯންޗު ދިޔަވެ އަޑިޔަށް ދަނިކޮށް އޭގައި ތިބި މީހުން ސަލާމަތްކޮށްފިއެވެ.

މެރިން ޕޮލިސް އިން ވިދާޅުވީ، 2026 މެއި 25 ވަނަ ދުވަހުގެ 17:30 ހާއިރު މާލެއިން އއ.ތޮއްޑޫއަށް ދަތުރުކުރަމުން ދިޔަ "ރިލެކްސް އައިޝާ" ނަމަކަށް ކިޔާ ލޯންޗް ދިޔަވެ އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން، އެލޯންޗު އޮތް ސަރަހައްދަށް މެރިންޕޮލިސްގެ ލޯންޗެއް ގޮސް އޭގައި ތިބި 25 މީހުން ސަލާމަތްތެރިކަމާއި އެކު މާލެ ގެނެސްފައިވާ ކަމަށެވެ.

މިދުވަސްވަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ކަނޑުދަތުރު ކުރާފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ދަތުރު ކުރުމަށް މެރިން ޕޮލިސްއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އެމްއެންޑީއެފުންނާއި މެޓް އޮފީހުންވެސް ވަނީ، ކަނޑުދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ގޮތެއްގައި އިސްކަން ދިނުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް